އަވަހަށް ގެއަށް ދާން އުޅެން ހަދައިގެން 3 އަހަރުގެ އަންހެން ދަރިފުޅު އެއަޕޯޓަށް ދޫކޮށްލާފަ ގެއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަވަހަށް ގެއަށް ދާން އުޅެން ހަދައިގެން 3 އަހަރުގެ އަންހެން ދަރިފުޅު އެއަޕޯޓަށް ދޫކޮށްލާފަ ގެއަށް
އެއާޕޯޓުން އަވަހަށް ދާންއުޅޭއިރު ބައެއް ލަގެޖްމަތިން ހަނދާން ނެތުމަކީ ޢާންމު ކަމެއް ކަމަށް ބެލިދާނެއެވެ. ނަމަވެސް މިފަހަރު މިއީ މުޅިން ތަފާތު ކަމެކެވެ. މިފަހަރު ހަނދާންނެތުނީ 3 އަހަރުގެ ދަރިފުޅުމަތިންނެވެ.

ދުބާއީ އެއާޕޯޓުގައި މަސައްކަތްކުރާ ސެކިޔުރިޓީ އޮފިސަރުންނަށް ފާހަގަކުރެވުނީ 3 އަހަރުގެ އަންހެން ކުއްޖަކު ދާނެ ނުދާނެ ދިމާއެއް ނުއެނގިގެން އުޅޭ ކަމެވެ. ކުއްޖާ ހޯދައި ސުވާލުކުރުމުން އެކަށީގެންވާ މައުލޫމާތެއް އޮޅުން ފިލާނެ ގޮތެއް ނުވިއެވެ.

ސެކިޔުރިޓީ އޮފިސަރުން ސީސީޓީވީ ފުޓޭޖްތައް ބަަލައި ކުއްޖާގެ ބައްޕަ ފާހަގަކުރިއެވެ. އަދި އޭނާގެ މައުލޫމާތު އޮޅުންފިލުވުމަށްފަހު ބައްޕައަށް ފޯނުކުރެވުނީ އެއްގަޑއިރު ފަހުންނެވެ.

ބައްޕަ ބުނީ އޭނާގެ ޢާއިލާއަކީ ބޮޑު ޢާއިލާއަކަށްވާތީ ގެއަށް ދިއައީ ދެކާރުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ކާރެއްގައި ތިބި މީހުންވެސް ހީކުރީ އެކުއްޖާ އިނީ އަނެއް ކާރުގައި ކަމަށެވެ. އަދި ކުއްޖާ އެއާޕޯޓުގައި ހުރިކަން އެނގުނީ އެއާޕޯޓް ފުލުހުން ފޯނުކުރުމުން ކަމަށެވެ.
މިއަދު އޮންލައިން