ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ކެފެޓީރިޔާ އަށް ދިރާގު ގެ ފަރާތުން "ދިރާގު ޕޭ" މިއަދު ތަޢާރަފް ކޮށްފިއެވެ.
ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. އެސްކޫލުގައި މިއަދު ތަޢާރަފް ކުރެވުނު މިޚިދުމަތުގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަސް ފައިސާ އާއި ނުލާ މޯބައިލް ފޯނުގެ ޚިދުމަތުން ކެފެޓީރިޔާ އުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެން ދާނެއެވެ.
ދިރާގު ޕޭ ގެ ޚިދުމަތަކީ ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޮބައިލް ފޯނަކުން ވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ ޚިދުމަތެކެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ދިރާގު ޕޭ ގެ ޚިދުމަތް ބޭނުން ކުރަނީ އެސްކޫލްގެ ކެފެޓީރިއާގައެެވެ.
މިޚިދުމަތް ސްކޫލުގައި ބޭނުން ކުރަން ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެން.އެފް.ސީ ސްޓިކާ އެކެވެ. ނުވަތަ މޮބައިލް ނަންބަރަކާއި ޕިން ނަންބަރެކެވެ.
ޑިޖިޓަލް ވޮލެޓް ނުވަތަ ދިރާގު ޕެ މެނޭޖު ކުރާނީ ބެލެނިވެރިންނެވެ. އެހެންކަމުން މިޚިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއިއެކު ކުދިންގެ އިންޓަވަލްގެ ހަރަދު މެނޭޖްކޮށް މޮނިޓާ ވެސް ކުރެވޭނެއެވެ. އަދި ދަރިވަރުންގެ ޓްރާންސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ބެލެނިވެރިޔާއަށް ބަލާލެވޭނެއެވެ.
ދަރިވަރު ޓްރާންސެކްޝަނެއް ހިންގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސްއެމްއެސް އެއް ދާނެއެވެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭ އެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައު ބެލެނިވެރިންނަށް ހުޅުވާލައިގެން މިއަދު ބޭއްވި ޚާއްސަ ސެޝަންތަކުގައި އެސްކޫލަށް މިއަދު މިޚިދުމަތް ތަޢާރަފް ކުރި ކަމުގައި ވިޔަސް، ދިރާގު ޕޭ އާންމުކޮށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.