ވާދަކުރަންތިބި އެންމެން ހައްޔަރުކުރުމަށްފަހު އަލްސިސީ އިންތިޚާބުގަ ވާދަކުރުމަށް ލިޔުންތައް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ވާދަކުރަންތިބި އެންމެން ހައްޔަރުކުރުމަށްފަހު އަލްސިސީ އިންތިޚާބުގަ ވާދަކުރުމަށް ލިޔުންތައް ހުށަހަޅައިފި
މިޞުރުގައި އަންނަ މާރިޗް މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަންތިބި އެންމެން ހައްޔަރުކުރުމަށްފަހު އަލްސިސީ އިންތިޚާބުގަ ވާދަކުރުމަށް ލިޔުންތައް މިއަދު ހުށަހަޅައިފިއެވެ.

އެންމެން ހައްޔަރުކުރުމަށްފަހު ވެސް އަލްސިސީ ގެންދަނީ އޭނާގެ ސަޕޯޓަރުން ނެރެގެން އޭނާއަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން ރައްޔިތުންގެ ސޮއި ހޯދަމުންނެވެ.

މިސުރުގެ އިންތިޚާބުގައި ވާދަކުރަން 25،000 މީހުންގެ ތާއީދާއި މަޖިލީހުގެ 20 މެންބަރުންގެ ތާއީދު ބޭނުންވާއިރު 500 މަޖިލިސް މެންބަރުންގެ ތާއީދު އަލްސިސީއަށް ވަނީ ލިބިފައެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގެންދަނީ އިންތިޚާބުގައި ވާދަކުރަން ތިބި ކެންޑިޑޭޓުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
މިއަދު އޮންލައިން