އަޑުބަރޭ ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
އަޑުބަރޭ ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފި
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ދޫކޮށް ޤައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު އަސްހަދު ޢަލީ (އަޑުބަރޭ)، ކްލަބް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

އަޑުބަރޭ ގްރީންއަށް ސޮއިކޮށްފައި މިވަނީ އިނގިރޭސި ވިލާތުގެ ލަންޑަން ފުޓްބޯލް ނެޓްވޯކްގައި އެއް މަސް ދުވަހުގެ ތަމްރީނެއް ހެދުމަށްފަހުއެވެ.

ކްލަބް ވެލެންސިއާއިން ފުޓުބޯޅަ ކެރިއަރު ފެށި އަޑުބަރޭ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެލެންސިއާގެ އިތުރުން ވިކްޓަރީ، ވީބީ، އަދި ނިއު ރޭޑިއަންޓްއަށް ވެސް ކުޅެދީފައެވެ.

މިދިޔަ ދެ ސީޒަންގައި މާޒިޔާއިން ފެނިގެންދިޔަ އަޑުބަރޭއަކީ ރާއްޖޭގެ ޤައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔެެކެވެ. ޤައުމީ ޓީމަށް އަޑުބަރޭ ކުޅުނު މެޗުތަކުގައި އޭނާ ވަނީ މިޑްފިލްޑާއި އެޓޭކްގެ ގިނަ މަޤާމުތަކަށް ކުޅެފައެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކުގައި ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި ކުޅުނު ކުޅުންތެރިޔަކީ ވެސް އަޑުބަރޭއެވެ.

މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކޮށް މާލޭ ލީގުގެ ދެވަނަ ހޯދި، ގްރީން ސްޓްރީޓްސް މި ފެށޭ އާ ސީޒަނަށް ނުކުންނާނީ ތަޖުރިބާކާރު ކޯޗު ޢަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.

މިއަދު އޮންލައިން