ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ޒައިނަބްގެ މައްސަލަ ޙުނުތަވާގަ އޮއްވައި 10 މީހުންވެގެން މަންމަ އާއި 20 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްފިއެވެ.
މަންމަ ވަނީ އެކަންކުރި މީހުންގެ ނަންތައް ފުލުހުންނަށް ކިޔައިދީފައެވެ. އަދި އެކަންކުރީ ހަތިޔާރުން ބިރު ދައްކައިގެން ކަމަށްވެސް ބުނެފައިވެއެވެ. މިހާދިސާ ހިންގާފައިވަނީ މުޒައްފަރުގަރްގެ ޝާހް ޖަމާލް ގައެވެ.
ފުލުހުން ބުނީ މިކަމުގައި ބައިވެރިވީ ޢާއިލާގެ ގާތް ބައެއް ކަމަށާއި އެއްވެސް މީހަކު އަދި ހައްޔަރުނުކުރެވޭ ކަމަށެވެ.
އަބުރުގެ މައްސަލަ ކުރިމަތިވާތީ ޕާކިސްތާނުގައި މިފަދަ މައްސަލަތައް ޢާންމުގޮތެއްގައި ފުލުހުންނަށް ރިޕޯޓެއް ނުކުރެއެވެ.