އެންމެ "ސަލާމަތްކަން ބޮޑު" އެމެރިކާގެ ސްކޫލްތައް ބަޑިޖެހުމުގެ ހާލިތަކަކަށްވެ މިއަަހަރު ގެ މިހައިތަނަށް 11 ހަމަލާ ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެންމެ "ސަލާމަތްކަން ބޮޑު" އެމެރިކާގެ ސްކޫލްތައް ބަޑިޖެހުމުގެ ހާލިތަކަކަށްވެ މިއަަހަރު ގެ މިހައިތަނަށް 11 ހަމަލާ ދީފި
އެންމެ ސަލާމަތްކަން ބޮޑު ޤައުމުކަމަށް ބުނާ އެމެރިކާގެ ސްކޫލްތައް ބަޑިޖެހުމުގެ ހާލިތަކަކަށް ބަދަލުވެ މިއަހަރުގެ މިހައިތަނަށް ވަނީ ސްކޫލްތަކުގައި ބަޑިޖެހުމުގެ 11 ހާދިސާ ހިންގައިފައެވެ.

ކެންޓަކީ ހައި ސްކޫލުގައި އިއްޔެ ވެސް ވަނީ 15 އަަހަރުގެ ދަރިވަރަކު ބަޑިން ހަމަލާދީ 2 ދަރިވަރުން މަރާލައި 20 ވަރަކަށް ކުދިން ޒަޚަމްކޮށްލައިފައެވެ.

އެމެރިކާގައި ބަޑި ގެންގުޅުމަކީ ހުއްދަ ކަމެކެވެ. ބައްޕައަށް ދޭ ހުއްދައިގެދަށުން ގެންގުޅޭ ބަޑި އާއި ފިސްތޯލަ ހިފައިގެން ދަރިން ސްކޫލްތަކަށް ގޮސް ދަނީ ހަމަލާދީ ދަރިވަރުންނާއި ޓީޗަރުން މަރަމުންނެވެ.

މިކަމުން އެނގެނީ އެމެރިކާގެ ސްކޫލުތަކުގައި އެއްވެސް އަމާންކަމެއް ނެތްކަން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އަހަރުގެ 24 ދުވަސްތެރޭ 11 ހާދިސާ ހިނގުމުން މިކަންކަން ބެލެހެއްޓުމުގައި ސަރުކާރާއި ސްކޫލްތައް ފެއިލްވެފައިވާ ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން