އިޓަލީގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ހަތަރު މީހަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
އިޓަލީގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ހަތަރު މީހަކު މަރުވެއްޖެ
އިޓަލީގެ މިލާން ކައިރިން ދަތުރުކޮށްފައި ދިޔަ ރޭލެއް، ރޭލްދަގަނޑުމަތިން ކައްސާލައިގެން ހިނގި އެކްސިޑެންޓައި ހަތަރު މީހަކު މަރުވެއްޖެއެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފާވައި ގޮތުން، މި ހާދިސާގައި ހަތަރު މީހަކު މަރުވުމުގެ އިތުރުން ސަތޭކައަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށާއި، އޭގެ ތެރެއިން ދިހަވަރަކަށް މީހުންގެ ހާލަތު ވަަރަށް ސީރިއަސްވެފައިވާ ކަމަށެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާ ހިނގިތާ ދެ ގަޑިއިރު ވެސް ނުވަނީސް ރޭލުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

މި ރޭލު ދަތުރުކުރަމުން ދިޔައީ ކްރެމޮނާއިން މިލާންގެ ޕޯޓާ ގަރިބަލްޑީ ސްޓޭޝަނަށެވެ.
މިއަދު އޮންލައިން