އެމެރިކާގެ ޖިމްނާސްޓިކް ޑޮކްޓަރަކަށް 100 އަހަރުގެ ޖަލު ހުކުމެއް

ކިޔުމަށް ހޭދަވާނީ 53ސ
އެމެރިކާގެ ޖިމްނާސްޓިކް ޑޮކްޓަރަކަށް 100 އަހަރުގެ ޖަލު ހުކުމެއް
ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއްގައި އެމެރިކާގެ ޖިމްނާސްޓިކް ޑޮކްޓަރެއްކަމަށްވާ ލަރީ ނައްސާރުގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމަކާއި ކުޑަކުދިންތަކަކަށް ފާޙިޝް މަންޒަރުތަކެއް ދެއްކި މައްސަލައެއްގައި 60 އަހަރުގެ ޖަލު ހުކުމަކާއެކު، ޖުމުލު 100 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ނައްސާރުގެ މައްޗަށް ކޯޓުގައި ހިނގި ޝަރީއަތުގެ އަޑުއެހުންތަކުގައި 150 އަންހެންކުދިން އެ ކުދިންނަށް ޖިންސީ އަނިޔާތަކެއް ނައްސާރު ދިންކަމަށް ބުނެ ކޯޓުގައި ބަޔާން ދީފައިވާކަމަށް އެމެރިކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ނައްސާރުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ކުޑަކުދިންތަކަކަށް ފާހިސް މަންޒަރުތަކެއް ދެއްކިކަމަށް ބުނާ ދައުވާ، ނައްސާރުގެ މައްޗަށް ސާބިތުވެ 60 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މު ހުރިހާ ތުހުމަތުތަކަކަށް ނައްސާރު ވަނީ ކޯޓުގައި އެއްބަސް ވެސް ވެފައެވެ.

މިއަދު އޮންލައިން