ބުރާސްފަތި ދުވަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 71.20 ޑޮލަރަށް އުފުލި ރެކޯޑް ހަދައިފިއެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ބެލި ނަމަވެސް ރެކޯޑް އަދަދެކެވެ.
ބެލެވޭ ގޮތުން މިހައި ބޮޑަށް އަގު އުފުލިގެން މިދިއައީ ރަސިއާ އިން ތެޔޮ ނަގާ މިންވަރު މަދުކުރުމާއި އަދި ވެނެޒިޔުލާއިން ވެސް ތެޔޮ ނަގާމިންވަރު މަދުވުމާއި ގުޅިގެންނެވެ.
މީގެ އިތުރުން ޤައުމުތަކުގައި ޑޮލަރުގެ އަގު ވެއްޓެމުން ދިއުމަކީވެސް ތެލުގެ އަގު އުފުލެން މެދުވެރިވެފައިވާ ސަބަބެކެވެ.