މިޞުރުގައި ޕީއެޗްޑީއަށް ކިޔަވަމުންދިއަ އިޓަލީގެ ދަރިވަރެއްކަމަށްވާ ގިއުލިއޯ ރެގާނީ މީގެ 2 އަހަރު ކުރިން ވަގަށް ނަގައި މަރާލީ މިޞުރާއިމެދު ރިސަރޗެއް ހަދާތީ ކަމަށް އިޓަލީން ބުނެފިއެވެ.
އީޓަލީގެ ޗީފް ޕްރޮސެކިޔުޓަރ ޖެނެރަލް ބުނީ އޭނާ ރިސަރޗް ހެދީ މިޞުރުގެ މިނިވަން ލޭބަރ ޔޫނިއަންތަކާއިބެހޭގޮތުން ކަމަށެވެ. އަދި ވަގަށް ނަގައި މަރާލީ މިޞުރުގެ ސަރުކާރުން ބައިވެރިވެގެން ކަމަށާއި އެކަންކުރީ 4 މަސް ދުވަހު ފާރަލުމަށްފަހުގައި ކަމަށެވެ.
މިކަމާއި ގުޅިގެން އިޓަލީން ވަނީ މިޞުރުގައި އަމިއްލަ ތަޙްޤީޤްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. އިޓަލީގައި ކޮންމެ އަހަރަކުވެސް އޭނާ ވަގަށް ނެގި ދުވަސް ދަނީ ފާހަގަކުރަމުންނެވެ.