ޓްރަމްޕް އަނެއްކާވެސް ފަލަސްޠީނަށް އިންޒާރުދީ ބިރުދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޓްރަމްޕް އަނެއްކާވެސް ފަލަސްޠީނަށް އިންޒާރުދީ ބިރުދައްކައިފި
އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ފަލަސްޠީނަށް ބިރުދައްކައި އިންޒާރު ދީފިއެވެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި ކުރިއަށް ގެންދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެތެރެއިން ޓްރަމްޕް ބުނީ ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ނިންމި ނިންމުމަކީ ޝަރަފުވެރި ނިންމުމެއް ކަމަށެވެ. ފަލަސްޠީނަށް ޖެހޭނީ އެކަން ޤަބޫލުކުރުމާއިއެކު އެމެރިކާ މެދުވެރިއަކަށް ހަދައިގެން މަޝްވަރާކުރަން ކަމަށެވެ.

ޓްރަމްޕް ބުނީ އެކަން ފަލަސްޠީނުން ޤަބޫލުނުކުރާނަމަ އެމެރިކާއިން ފަލަސްޠީނަށް ދޭން ހުރި އެތައް މިލިއަން ޑޮލަރެއްގެ އެހީ ނުދޭނެ ކަމަށާއި އެހީ ބޭނުންނަމަ ޖެހޭނީ އެމެރިކާ ބުނާ ގޮތް ޤަބޫލުކުރަން ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ އާއިއެކު ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ބުނީ ފަލަސްޠީނުން އެމެރިކާގެ ޙުރުމަތް ކަނޑައިފިކަމަށެވެ. "އަހަރެމެންގެ ނައިބް ރައީސް ފަލަސްޠީނަށް ދިއަ ވެސް ނުދިން."

ޓްރަމްޕުގެ ވާހަކަތަކަށް ރައްދުދެމުން ފަލަސްޠީނުގެ އިސް އޮފިޝަލއް ކަމަށް ހަނާން ވިދާޅުވީ ޓްރަމްޕަކީ އެއްކޮޅަށް ޖެހި ހުސްވެފައި ހުރި ވެރިއެއް ކަމަށާއި އެފަދަ މީހަކާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. އަދި އެއްވެސް އެހީއެއް ނުދިންނަމަވެސް ޓްރަމްޕުގެ ނިންމުން އަނބުރައި ގެންދަންދެން އެމެރިކާ އާއިއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން