ޕާކިސްތާނުގައި ރޭޕްކޮށް މަރާލާފައިވާ ކުޑަކުއްޖާ ޒައިނަބުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކޮންމެ ދުވަހަކު ކުރިއަށް ގެންގޮސް 7 ދުވަސް ތެރޭގައި ނިންމާނެ ކަމަށް ކޯޓުން ބުނެފިއެވެ.
ޒައިނަބް ރޭޕްކޮށް މަރާލިކަމަށް އެކަން ކުރި މީހާ އެއްބަސްވެފައިވާއިރު ޒައިނަބު ވަގަށް ނަގާފައިވަނީ އޭނާގެ މައިންބަފައިން އުމުރާއަށް ގޮސް ވަނިކޮށެވެ.
ޕާކިސްތާނުގެ އިދާރާތަކުން މިހާރު ބަލަނީ ދާދިފަހުން ޕާކިސްތާނުގައި ފެންމަތިވި ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގާ ވީޑިއޯ ދުނިޔޭގެ ބާޒާރަށް ވިއްކުމާއި ޒައިނަބުގެ ޤާތިލާއި ގުޅުމެއް ހުރިތޯ ކަމަށް އިދާރާތަކުން ބުނެއެވެ.
ޤާތިލު ކޯޓުގައި ކުށަށް ވަނީ އިއުތިރާފްވެފައެވެ. ވަކީލަކު ހޯދަން އޭނާއަށް ދިން ފުރުޞަތުގެ ބޭނުން އަދިވެސް ނުކުރެއެވެ.