ސޭޖޮން ހޮސްޕިޓަލުގައި މިއަދު މިހާދިސާ ހިނގާފައިވަނީ ހޮސްޕިޓަލުން ބޭރަށް ނުކުމެވެން ހުންނަ މައި ދޮރުވެސް ހުންނަ ސަރަހައްދުގައިކަމަށްވުމުން އެތައް ބައަކަށް ވަނީ ނުކުމެވޭގޮތް ނުވެފައެވެ.
މަތީ ބުރިތަކުން ފޭބުމަށް ޕޭޝަންޓުން ވަނީ ވަގުތީ ހަރުގަނޑު ބޭނުންކޮށްފައެވެ. އަދި ޓްރޯލީ އަރުވާ ސަރަހައްދުން ފުރޮޅެމުންވެސް ބައެއް ޕޭޝަންޓުން ވަނީ ފައިބައިފައެވެ. ނުހިނގޭ ޕޭޝަންޓުން ބެއިލީ އަލިފާން ނިއްވާ ސިފައިންނެވެ.
ހާދިސާގައި މަރުވި މީހުންގެތެރޭގައި 96 އަހަރުގެ މީހުންވެސް ހިމެނެއެވެ. މައުލޫމާތުލިބިފައިވާގޮތުގައި މިއީ ދެކުނު ކޮރެއާގައި މިފަދަ ހާދިސާއެއްގައި މިފަދަ އެންމެ ގިނަ ބައަކު މަރުވި ހާދިސާއެވެ.
ގުޅުންހުރި ވީޑިއޯ: