ޒައިނަބުގެ ޤާތިލުގެ އިސްތަށްޓެއް ނަމަވެސް އަތުޖެހޭތޯ ރައްޔިތުން ދުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ޒައިނަބުގެ ޤާތިލުގެ އިސްތަށްޓެއް ނަމަވެސް އަތުޖެހޭތޯ ރައްޔިތުން ދުވަނީ
ޕާކިސްތާނުގައި ރޭޕްކުރުމަށްފަހު މަރައިލި އުމުރުން 7 އަހަރުގެ ޒައިނަބުގެ ޤާތިލު މުޙައްމަދު އިމްރާނުގެ އިސްތަށްޓެއް ނަމަވެސް އަތުޖެހޭތޯ ރައްޔިތުން ދަނީ ދުވަމުންނެވެ.

ޖަލުގެ ގާޑުންނަށް މިހާރު އެންމެ ބޮޑު އެއްކަމަކަށްވެފައި ވަނީ ޤާޠިލު ކޯޓަށް ހާޒިރުކުރުމެވެ. ކޯޓަށް ގެންދާއިރު އާއި ނެރޭއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރިނަމަވެސް ހަމަލާދޭން މަސައްކަތްކުރެއެވެ.

ޕާކިސްތާނުގެ ގިނަ ބައަކު އެދެމުން ދަނީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ. ޒައިނަބް މަރާލި ފަހުން ވެސް ރޭޕްކުރުމުގެ އެތައް ހާދިސާއެއް ޕާކިސްތާނުގައި މިހާރު ވަނީ ހިންގައިފައެވެ.
މިއަދު އޮންލައިން