ހޫނުގަދަ ތާބޫކު ސްނޯއިން ފުރި ސްކީކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ހޫނުގަދަ ތާބޫކު ސްނޯއިން ފުރި ސްކީކުރަނީ
ސައުދިއަރަބިޔާގެ ހޫނު ގަދަ ތާބޫކަށް ސްނޯ ފައިބައި ފުރުމުން ގިނަ ބައަކު މިހާރު ދަނީ ފަރުބަދަތައް މައްޗަށް އަރައި ސްނޯގައި ސްކީ ކުރަމުންނެވެ.

މިމޫސުމުގައި ތާބޫކަށް ސްނޯ ފައިބާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެންމެ ގިނައިން ސްނޯ ފައިބައިފައި ވަނީ މިއަހަރުކަމަށް ބުނެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތައް ފަދަ ރީތި ނަންތައް ބޭނުންކުރި ނަމަވެސް މިކަންކަމަކީ މާތް ﷲ ގެ އިންޒާރުތައް ކަމަށް ގިނަ ބައަކު ބުނެއެވެ. ޤައުމުތައް ބަންޑުން ޖައްސަވައިލެއްވުމަށް މާތް ﷲ ކުޅަދުންވަންތަކަން މިކަންކަމުން އިތުރަށް ހާމަވެގެންދާ ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން