ޕްރިންސް އަލްވަލީދު ދޫކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޕްރިންސް އަލްވަލީދު ދޫކޮށްލައިފި
ސައުދީ ސަރުކާރުން ހައްޔަރުކޮށްފައި ބެހެއްޓި ޕްރިންސް އަލްވަލީދް ބިން ޠަލާލް މިނިވަންކޮށް ދޫކޮށްލައިފިއެވެ. ޕްރިންސް އަލްވަލީދުގެ ޢާއިލާއިން މިހާރު ވަނީ ޕްރިންސް އަމިއްލަފުޅު ގަނޑުވަރަށް ވަޑައިގެންފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޕްރިންސް އަލްވަލީދު މިނިވަންކުރުމާއިބެހޭ ގޮތުން ސައުދީ ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. އެހެންކަމުން މިނިވަންކުރީ ކޮން އުޞޫލަކުންކަން އަދި އެނގޭނެ ގޮތެއް ނުވިއެވެ.

ޕްރިންސް އަލްވަލީދު މިއަދު މިނިވަންކޮށްފައިވަނީ ބަންދުގައި ހުންނަވައިގެން ރޮއިޓަރސް އަށް އިންޓަރވިޔުއެއް ދެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
މިއަދު އޮންލައިން