ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޔަހޫދީންނަށް ޖަރުމަނުން ކުރި އަނިޔާތައް ނުވަތަ ހޮލޯކާސްޓާއި ދެކޮޅަށް އޯއައިސީ އިން ބަޔާނެއްދީފިއެވެ.
އޯއައިސީގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ އެއީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ވަރަށް ބޮޑު ޖަރިމާއެއް ކަމަށާއި އެފަދަ ޖަރީމާތަކާއި މުސްލިމުން އަބަދުވެސް ދެކޮޅު ހަދާކަމަށެވެ.
ޔަހޫދީންނާއި ދެކޮޅަށް ކަމެއް ކުރުމުން ހޮލޯކާސްޓަށް ވެފައިވާއިރު ޔަހޫދީން އެގެންދަނީ ކޮންމެ ދުވަހަކު ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދީ މަރަމުންނެވެ. އިޒްރޭލުގެ ޖަލުތަކުގައި މަތިމައްޗަށް ބައިތިއްބާފައި އެތިބެ ފަލަސްޠީނުގެ ޒުވާނުން ޖަލުތަކުގައި ބައިތިއްބަނީ އެންމެ ކުޑަމިނުން ޝަރީއަތެއްވެސް ކުރުމަކާއި ނުލައެވެ.
ޖަލުގައި ބަންދުކުރުމަށްފަހު ކާން ބޯންދެނީ ހިތަށްއެރި ދުވަހަކު ހިތަށް އެރި މިންވަރަކަށެވެ. ބޭސްފަރުވާ ކޮށްދެނީ ފުރާނަދަނީކަމަށް ތުހުމަތު ކުރެވުމުންނެވެ.
އޯއައިސީގެ ބަޔާނުގައި މިފަދަ އެއްވެސް ކަމެއްގެ ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން މި ބަޔާނަކީ ޓްރަމްޕުގެ ނުފޫޒުގައި ނެރުވާފައިވާ ބަޔާނެއްކަން ހާމަވެއެވެ.