މިޞުރުގެ އިދިކޮޅު އިސްލީޑަރަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މިޞުރުގެ އިދިކޮޅު އިސްލީޑަރަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި
މިޞުރުގެ އިދިކޮޅު އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ހިޝާން ގެނީނާއަށް ބައަކު ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. އޭނާއަށް ހަމަލާދީފައިވަނީ ދިރިއުޅޭ ގޭގެ ކައިރިންނެވެ.

އޭނާގެ ގާތް މީހުން ބުނެފައިވަނީ އެބައަކު މަސައްކަތްކުރީ އޭނާ ވަގަށް ނަގަން ކަމަށާއި ވަގަށް ނެގޭގޮތް ނުވުމުން އަނިޔާކޮށް ޒަޚަމްކޮށްލީ ކަމަށެވެ.

ހިޝާންއަކީ އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރި އަސްކަރީ ޗިފް އޮފް ސްޓާފް ލެފްޓިނަންޓް ސާމީ އަނާންގެ ކެންޕޭނުގައި އިސްދައުރެއް އަދާކުރި ލީޑަރެކެވެ. ސާމީ އަނާން ހައްޔަރުކުރުމުން މިހާރުވަނީ ކެންޕޭން ހުއްޓާލައިފައެވެ.

މިޞުރުގެ ރައީސް އަލްސިސީ ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް މާރިޗް މަހު ބާއްވާ އިންތިޚާބު ކާމިޔާބުކުރުމަށެވެ.
މިއަދު އޮންލައިން