މީ ހަމަ ޕްރިންސް ވަލީދުތަ؟ 2 މަސް ދުވަސްތެރޭ އައި ބަދަލު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މީ ހަމަ ޕްރިންސް ވަލީދުތަ؟ 2 މަސް ދުވަސްތެރޭ އައި ބަދަލު
ސައުދިއަރަބިޔާ ސަރުކާރުގެ ބަންދުން 2 މަސް ދުވަހަށްފަހު ޕްރިންސް އަލްވަލީދު މިނިވަންކުރިއިރު ހުންނެވި ސިފައިން އެއީ ހަމަ ޕްރިންސް އަލްވަލީދު ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ބަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. ތުނބުޅިއެއްވެސް ބަހައްޓައިފައެވެ.

ސައުދީން ބަންދުކޮށްފައިވާ ހުރިހާ ބިލިއަނަރުންވެސް ވަރަށް އަވަހަށް މިނިވަންކުރާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ. ސަރުކާރުން ބުނެފައިވަނީ މިމަހުގެ ނިޔަލަށް ތަޙްޤީޤްތައް ނިންމައި ސަރުކާރުން ބޭނުންވާ ވަރަށް ފައިސާ ދޭން އެއްބަސްނުވާ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

ޕްރިންސް އަލްވަލީދު އެއްވެސް ފައިސާއެއް ދެއްވަން އެއްބަސްވެވަޑައިގެންނެވިކަން އަދި އެނގިފައެއް ނުވެއެވެ. އަލްވަލީދު ވިދާޅުވަމުން ގެންދަވަނީ ކުރެއްވި ކުށެއް ނުއޮންނާނެ ކަމަށާއި ދެއްވަންޖެހޭނެ ފައިސާއެއްވެސް ނުއޮންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވާނަމަ ހަދިޔާއެއް ދެއްވަފާނެ ކަމަށެވެ.
މިއަދު އޮންލައިން