އިޒްރޭލުން މަރަން ބޭނުންވާ މީހުން މެރުމަށް، ދަތް އުނގުޅާ ބޭހަށް ވިހަލުން ފަދަ ކަންކަން ކުރޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އިޒްރޭލުން މަރަން ބޭނުންވާ މީހުން މެރުމަށް، ދަތް އުނގުޅާ ބޭހަށް ވިހަލުން ފަދަ ކަންކަން ކުރޭ
އިޒްރޭލުން ބޭނުންވާ މީހުން މެރުމަށްޓަކައި ދަތް އުނގުޅާ ބޭހަށް ވިހަލާކަމަށް އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެއްޖެއެވެ. ރިޕޯޓްގައިވާގޮތުން ވިހަލާފައި ހުންނަ ބޭސް ބޭނުންކުރުމުން 30 ދުވަހުގެތެރޭގައި މީހާ މަރުވާނެއެވެ.

ނަން ހާމަނުކުރާ އިޒްރޭލުގެ އިންޓެލިޖެންސް އެޖެންޓަކު ބުނެފައިވަނީ ކާރުގެ ފުރޮޅުގެ އަރިމަތީގައި ކުޑަކުޑަ ޑީވައިސްއެއް ހަރުކުރުމުން އެ ޑީވައިސް ކާރު ބޮމެއްފަދައިން ގޮވައިގެންވެސް މީހުންމަރަމުން ގެންދާ ކަމަށެވެ. އަދި މިނޫން އުކުޅުތައްވެސް ބޭނުންކުރާ ކަމަށެވެ.

އޭނާ ބުނެފައިވަނީ އިޒްރޭލުން މަރަން ބޭނުންވާ މީހުން ކުރާ ދަތުރުތަކުގައި ތިބޭ ހޮޓާތަކުގެ މުވައްޒިފުން ބޭނުންކޮށްގެން ދަތްއުނގުޅާ ބޭހަށް ވިހަލައްވަމުން ގެންދާ ކަމަށެވެ.

އޭނާ ބުނެފައިވަނީ ޔާސިރު އަރަފާތު އަވަހާރަކޮށްލީ ޚާއްޞަ ރޭޑިއޭޝަނެއް އެޖެންޓަކު މެދުވެރިކޮށް ޔާސިރު އަރަފާތަށް ދީގެންކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.
މިއަދު އޮންލައިން