ހޯމްވޯކް ނުހަދާތީ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ 168 އެތިފަހަރު ޖައްސުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހޯމްވޯކް ނުހަދާތީ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ 168 އެތިފަހަރު ޖައްސުވައިފި
ހޯމްވޯކް ނުހަދާތީ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ކްލާހުގެ އެހެން ދަރިވަރުން ލައްވައި 168 އެތިފަހަރު ޖައްސުވާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިފަހަރު މިކަން ހިނގާފައިވަނީ އިންޑިއާގެ މަދިއަ ޕްރަދޭޝްގެ ސްކޫލެއްގައެވެ.

ސްކޫލުގެ ޕްރިންސިޕަލް ބުނީ އެގޮތަށް ތަޅުވާއިރު ޖައްސުވަނީ ހަށިގަނޑަށް އަނިޔާ ނުވާވަރު ބަލައިގެން މަޑުން ކަމަށެވެ. "ތިއައީ އެހައި ބޮޑުކަމެއް ނޫން. އަހަރެން ކުއްޖާގެ ބައްޕަ އާ ވާހަކަދައްކާނަން."

ކުއްޖާގެ ބައްޕަ މިހާރު ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ.

އެހެން ސްކޫލެއްގައި ހޯމްވޯކް ނުހަދާ ކުއްޖެއްގެ ގައިގައި ދަރިވަރުން ލައްވައި 40 އެތިފަހަރު ޖެއްސުވި މައްސަލައެއްގައި ދާދިފަހުން ވަނީ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފައެވެ.
މިއަދު އޮންލައިން