ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލްނަހްޔާންގެ މަންމާފުޅު ޝައިޚާ ހެއްސާ ބިންތި މުޙައްމަދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޤައުމީ ހިތާމައިގެ 3 ދުވަސް ފާހަގަކުރަން މިއަދު ފަށައިފިއެވެ.
އެކަމަނާ އަވަހާރަވުމާއި ގުޅިގެން ޔޫއޭއީގެ ވެރިންނާއި ދުނިޔޭގެ ލީޑަރުން ގެންދަވަނީ ޝައިޚް ޚަލީފާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ.
އެކަމަނާއަކީ ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާންގެ ދޮށީ އަނބިކަނބަލުންނެވެ.