ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި ބަލާލަން ބޭނުންތަ - 60 ކިލޯ ރަން- 11 މިލިއަން ދިރުހަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި ބަލާލަން ބޭނުންތަ - 60 ކިލޯ ރަން- 11 މިލިއަން ދިރުހަމް
ދުނިޔޭގެ ރެކޯޑް ފޮތުގައި ލިސްޓްކުރެވިފައިވާ އެންމެ ބޮޑު ރަން އަނގޮޓި ބަލައިލުމުގެ ފުރުޞަތު މިހާރު ވަނީ ޔޫއޭއީގައި ހުޅުވާލައިފައެވެ. ދުބާއީގެ ސަހާރާ ސެންޓަރުން އެ އަނގޮނޓި ފެންނާނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.

މިއަނގޮޓީގެ ބަރުދަނުގައި 64 ކިލޯ 21 ކެރެޓް ރަން ހިމެނެއެވެ. ޖުމުލަ ބަރުދަނަކީ 64 ކިލޯއެވެ. އަގެއް ކަމަށް ބެލެވެނީ 11 މިލިއަން ދިރިހަމެވެ. އެއީ ގާތް ގަނޑަކަށް 3 މިލިއަން ޑޮލަރެވެ.

މި އަނގޮޓި 2000 ވަނަ އަހަރު އުފެއްދީ 55 އަތްކަންކުރާ މީހުން 45 ދުވަހު 450 ގަޑިއިރު މަސައްކަތްކޮށްގެންނެވެ. މި އަނގޮޓި އުފައްދަން ޚަރަދުކޮށްފައިވަނީ 547،000 ޑޮލަރެވެ. އަގު މިހާރު 3 މިލިއަން ޑޮލަރަށް އުފުލުނީ ރަނުގެ އަގަށް ފާއިތުވި 17 ދުވަހުގެތެރޭގައި އައިސްފައިވާ ބަދަލުންނެވެ.
މިއަދު އޮންލައިން