ހަ އަހަރަށްފަހު މާޒިޔާ ދޫކޮށް ސަމްދޫހު ގްރީން ސްޓްރީޓްސްއަށް

ކިޔުމަށް ހޭދަވާނީ 1މ 8ސ
ހަ އަހަރަށްފަހު މާޒިޔާ ދޫކޮށް ސަމްދޫހު ގްރީން ސްޓްރީޓްސްއަށް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގައި ހަ އަހަރު ދުވަސް ހޭދަކުރުމަށްފަހު އެ ކްލަބް ދޫކޮށް ސަމްދޫހު މުހައްމަދު، ކްލަބް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.

ގްރީން ސްޓްރީޓްސްއާއެކު ސަމްދޫހު ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

2012 ވަނަ އަހަރުން ފެށިގެން މާޒިޔާގެ ޑިފެންސަށް ކުޅެމުންދިޔަ ސަމްދޫހު ވަނީ މާޒިޔާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ސަމްދޫހަކީ ދިވެހި ޤައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. ސަމްދޫހުގެ ކެރިއަރު ފަށާފައިވަނީ އޯލް ޔޫތް ލިންކޭޖުންނެވެ.

ސަމްދޫހުގެ އިތުރުން ގްރީންއުން ވަނީ މިދިޔަ ސީޒަންގައި ދ.ކުޑަހުވަދޫ ޓީމަށް ކުޅުނު އިފުރާން އާދަމް ނަސީރު، ގދ.ތިނަދޫ ޓީމަށް ކުޅުނު މުހައްމަދު ރިޝްވާން (ފުކޭ)، ކްލަބް އީގަލްސްއަށް ކުޅުނު ހަސަން ޢަބްދުﷲ (އުޗީ)، އަދި މާޒިޔާއަށް ކުޅުނު ތަޖުރިބާކާރު މިޑްފިލްޑަރު އަސްހަދު ޢަލީ (އަޑުބަރޭ) ގެނެސްފައެވެ.

މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކޮށް މާލޭ ލީގުގެ ދެވަނަ ހޯދި ގްރީން ސްޓްރީޓްސް، މި ފެށޭ އާ ސީޒަނަށް ނުކުންނާނީ ތަޖުރިބާކާރު ކޯޗު ޢަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ.


މިއަދު އޮންލައިން