އެމްއާރުއައި ހަދާ ކޮޓަރީގައި އޮތް މަންމައަށް އޮކްސިޖަންފުޅި ހިފައިގެން އެމްއާރުއައި ރޫމަށް ވަން މީހަކު ފުޅިއާއެކު އެމްއާރުއައި މެޝިނަށް ދަމައިގަތުމުން ފުޅިއާއިއެކު މެޝިނުގައި ތާށިވެ މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ހަވީރު މުމްބާއީގެ ބީވައިއެލް ނާއޮރު ޗެރިޓަބަލް ހޮސްޕިޓަލުގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 32 އަހަރުގެ ރާޖޭސް މާރޫ އެވެ.
ވޯޑްގެ އެޓެންޑެންޓަކު އޭނާ ބުރަކޮށް އުޅޭތީ އޮކްސިޖަން ފުޅި އެމްއާރުއައި ކޮޓަރިއަށް ގެންގޮސްދިނުމަށް ރާޖޭޝްގެ ކިބައިން އެދުމުން އެތަނަށް ދަގަނޑުގެ ބާވަތްތައް ނުވެއްދޭނެކަމަށްބުނެ އެކަމަށް ރާޖޭޝް އިންކާރުވެސް ކުރިއެވެ. ނަމަވެސް އެޓެންޑެންޓް ބުނީ ކޮންމެ ދުވަހަކުވެސް އޮކްސިޖަންފުޅިތައް އެތަނަށް ވައްދާ ކަމަށާއި އެއްވެސް ކަމެއް ނުވާ ކަމަށެވެ.
ރާޖޭޝް ވަންނަން ދިމާކުރި އެތަނުގައި ޑޮކްޓަރަކާއި އެޓެންޑެންޓަކު ތިބި ނަމަވެސް އަޅައެއް ނުލައެވެ. އެމީހުން ހީކޮށްގެން ތިބީ މެޝިން ހުރީ ނިއްވާލެވިފައި ކަމަށެވެ. ނަމަވެސް މެޝިން އޮންކޮށްފައި ހުރުމުން ރާޖޭޝް ވަންތަނުން ފުޅިއާއިއެކު މެޝިނަށް ދަމައިގަތީއެވެ.
މެޝިން ނިއްވާލުމަށްފަހު ރާޖޭޝްގެ ހަށިގަނޑު ދަމާ ނެރުނުއިރު ވަރަށް ގިނައިން ލޭ ފައިބާތީ އިމަރޖެންސީ ރޫމަށް ގެންދިއަތަނާ ވަނީ މަރުވެފައެވެ.
މައްސަލައިން ބޯދަމައިގަންނަން ވެގެން ހޮސްޕިޓަލުން މިހާރު ބުނަނީ ރާޖޭޝް އަމިއްލައަށް އެތަނަށް ވަދެގަތީ ކަމަށާއި އެތަނަށް ވަންނަން ނުބުނާ ކަމަށެވެ.
މިއީ ފަރުވާކުޑަކަން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ ފުލުހުންނަށް މިހާރު ވަނީ ހުށަހަޅައިފައެވެ.