އިނގިރޭސިވިލާތުގެ ސްކޫލެއްގަ ބުރުގާ މަނާކުރުމުން ޕްރިންސިޕަލަކީ ހިޓުލަރުކަމަށް ބުނަން ފެށުމުން ނިންމުން އަނބުރާ ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިނގިރޭސިވިލާތުގެ ސްކޫލެއްގަ ބުރުގާ މަނާކުރުމުން ޕްރިންސިޕަލަކީ ހިޓުލަރުކަމަށް ބުނަން ފެށުމުން ނިންމުން އަނބުރާ ގެންގޮސްފި
އިނގިރޭސިވިލާތުގެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ސްކޫލެއްގައި މުސްލިމް ދަރިވަރުން ބުރުގާ އެޅުން މަނާކުރުމުން ސޯޝަލް މީޑިއާގައި ޕްރިންސިޕަލަކީ ހިޓުލަރެއް ކަމަށް ބުނެ ކެންޕޭނުކުރަން ފެށުމުން ނިންމުން އަނބުރާ ގެންގޮސްފިއެވެ.

ސްކޫލުގެ ޕްރިންސިޕަލަކީ އިންޑިއާ ދަރިކޮޅުގެ އަންހެނެކެވެ. އޭނާގެ ފޮޓޯ އާއި ހިޓްލަރުގެ ފޮޓޯ ގުޅުވައި އަދި އެނޫންވެސް ފޮޓޯތައް ހަދައިގެން އޭނާ އާއި ދެކޮޅަށް ކެންޕޭނުކުރަން ފެށުމުން ބުނީ އެއީ "އެހެން" ކުރަން އުޅުނު ކަމެއް ނޫން ކަމަށެވެ.

ކުރިން ނިންމާފައި އޮތީ 8 އަހަރުން ދަށުގެ ކުދިން ބުރުގާ އަޅައިގެން ދިއުމުން ސްކޫލަށް ނުވެއްދުމަށެވެ. ނަމަވެސް މުސްލިމް ބެލެނިވެރިން ބޭނުންވީ ބުރުގާ އަޅުވައިގެން ސްކޫލަށް ގެންދިއުމަށެވެ.

ގިނަ އަދަދެއްގެ އޭސިއާ ނަސްލުތަކުގެ ކުދިން ކިޔަވާ ސްކޫލުގެ ނިންމުމާއި ގުޅިގެން ބެލެނިވެރިން ވަނީ މިކަމުގައި މިނިސްޓްރީގެ ސާފު ނިންމުމެއް އަންގައިދިނުމައެދިފައެވެ.
މިއަދު އޮންލައިން