ޕާކިސްތާނުގެ ޕިޝާވަރުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ޕިންކް ޓެކްސީ ތަޢާރަފްކުރަން ނިންމައިފިއެވެ. ޕިންކް ޓެކްސީ ދުއްވަން ތިބޭނީ ވެސް އަންހެން ޑްރައިވަރުންނެވެ.
ގަވަރުނަރު ވިދާޅުވީ މިކަމުގެ ބޭނުމަކީ އަންހެން ފަސިންޖަރުންނަށް ސަލާމަތްކަން ކަށަވަރުކޮށްދިނުމުގެ އިތުރުން އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކޮށްދިނުން ކަމަށެވެ.
ގަވަރުނަރު ވިދާޅުވީ ޚިދުމަތް ފެށިގެންދާނީ 30 ވަރަކަށް ޑްރައިވަރުންނާއިއެކު ޕިޝާވަރުގައި ކަމަށެވެ. ނަމަވެސް ފަހުން މުޅި ޕްރޮވިންސަށް ޚިދުމަތް ފުޅައުކުރެވޭނެކަމަށެވެ. އަދި އެހެން ޓެކްސީތައް ފަދައިން މޯބައިލް އެޕްލިކޭޝަނަކުން ޓެކްސީއަށް އޯޑަރު ކުރެވޭނެ ކަމަށެވެ.