ލޯބިވެރިޔާ މަރާލީއެއް ނޫން- އިތުރު ވަގުތު ހުންނަން ބޭނުންވެގެން އަޑުގަދަކުރާތީ ގޮތެއް ހެދުނީ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ލޯބިވެރިޔާ މަރާލީއެއް ނޫން- އިތުރު ވަގުތު ހުންނަން ބޭނުންވެގެން އަޑުގަދަކުރާތީ ގޮތެއް ހެދުނީ.
"އަހަރެން ލޯބިވެރިޔާ މަރާލީއެއް ނޫނެވެ. އަހަރެންގެ ކޮޓަރިއަށް އޭނާ ވައްދަނީ ގޭގެ ވެރިފަރާތަށް ސިއްރުންނެވެ. އެދުވަހުވެސް ވެއްދީ ސިއްރުންނެވެ. ދެމީހުން "ނިމިގެން" ދާށޭ ބުނީމާ ލޯބިވެރިޔާ ދާން އެއްބަސް ނުވެ އަޑުގަދަކުރަން ފެށީއެވެ.

އެއީ އަހަރެންގެ މަސައްކަތު ގަޑިއެވެ. އެހެންވެ ލޯބިވެރިޔާ މައިތިރިކުރަން ދެފަހަރަކު ކަރުގައިވެސް ހިފީމެވެ. އާދެވިފައި ހުރި ރުޅީގައި ފާޚާނާ ތެރެއަށް ކޮއްޕައިލުމުން ގޮސް ބޯ ޖެހުނީ ސިންކުގައެވެ. އެހިސާބުން އަޑުގަދަ އެއް ނުކުރެއެވެ.

ދެން ދަމާ ގެނެސް އެނދުގައި ބާއްވާފައި މަސައްކަތު ދިއައީއެވެ. ނިމިގެން އައިސް ބެލިއިރު އޮތީ އެ ވީގޮތެއްވެފައެވެ. ދެން ހެދި ގޮތަކީ ރޭގަނޑުވެ އަނދިރިވުމުން ނަގައި ފާރުމަތިން އެއްލައިލީއެވެ. ހަމަ ތެދެކެވެ. ލޯބިވެރިޔާ މެރުމަށް އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ."

މިއީ ދުބާއީގައި މަސައްކަތްކުރާ ނޭޕާލު ފިރިހެނަކު މިއަހަރުގެ މެއި މަހު އޭނާގެ ލޯބިވެރިޔާ މަރައިލި މައްސަލައިގައި މިއަދު ކޯޓުގައި ދިން ބަޔާނެވެ.

ފުލުހުން ބުނީ ސަރަހައްދު ބަލަހައްޓާ ސެކިޔުރިޓީ ގާޑަށް އަންހެން މީހާގެ ހަށިގަނޑު ފެނިގެން ގޮސް ބަލާފައި އިސްކޮޅުން ކުރުކަމާއި އޮތް ގޮތުން ފުރަތަމަ ހީކުރީ އެއީ ބޮޑު ބުދެއް ކަމަށެވެ. މަރުވެ ހަރުވެފައި އޮތްވަރުންނެވެ.
މިއަދު އޮންލައިން