އިންޑިއާ ސަފީރު: އެންމެ ރަނގަޅަށް ދިވެހި އެނގޭ ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންޑިއާ ސަފީރު: އެންމެ ރަނގަޅަށް ދިވެހި އެނގޭ ސަފީރު

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވެވަޑައިގެންފައިވަނީ އެންމެ ރަނގަޅަށް ދިވެހި ބަސް އެނގިވަޑައިގަންނަވާ ސަފީރަށެވެ. ތަފާތު ހަފްލާތަކުގައި މިހާރުވެސް ގެންދަވަނީ ދިވެހި ބަސް ބޭނުންފުޅު ކުރައްވަމުންނެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ދިވެހިި ބަސް ދަސްކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އަންނަ އަހަރު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ހަފްލާގައި ދިވެހި ބަހުން ވާހަކަފުޅު ދެއްކެވުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވެސް ވާހަކަފުޅުތައް ސަފީރު ވަނީ ދިވެހިބަހުން ދައްކަވައިފައެވެ. ދިވެހި ބަހާއި ހންދީ ބަހުގައި ވަރަށް އެއްގޮތް ބަސްތަކެއް ހުރިކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ދަސްކުރައްވާ ކޮންމެ ދިވެހި ލަފުޒަކުން އެނގިވަޑައިގަންނަވަނީ ދެބަހުގެ ގުޅުންހުރި މިންވަރު ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުން މިހާރު ވަނީ ހިލޭ ހިންގާ އުރުދޫ ކްލާހެއްވެސް ފަށައިފައެވެ.
މިއަދު އޮންލައިން