ކޯރަށް ވެއްޓުނު ބަސް ސަލާމަތްކުރަން ފުލުހުން މާލަހުން ދިއުމުން ކުރިމަތިލުންތައް ހިނގައި އެކަކު މަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ކޯރަށް ވެއްޓުނު ބަސް ސަލާމަތްކުރަން ފުލުހުން މާލަހުން ދިއުމުން ކުރިމަތިލުންތައް ހިނގައި އެކަކު މަރު!
މިއަދު ހެނދުނު މުރުޝިދު އާބާދުގައި ކޯރަށް ވެއްޓިފައިވާ ބަސް ސަލާމަތްކުރަން ފުލުހުން މާލަހުން ދިއުމުން ރައްޔިތުންނާއި ހިނގި ކުރިމަތިލުންތަކުގައި އެކަކު މަރުވެއްޖެއެވެ.

ރައްޔިތުންގެ ބައަކާއި ފުލުހުންނާއި ހިނގި ކުރިމަތިލުންތަކުގައި ވަނީ ފުލުހުންގެ ދެ ވެހިކަލެއްގައި ރޯކޮށްލުމުގެ އިތުރުން ގަލުންވެސް ހަމަލާ ދީފައެވެ.

ސަރަހައްދުގައި ކުދި ބޯޓުތައް ހަރަކާތްތެރިވެ 5 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުން ބުނީ ބަސް ފުރި އިތުރަށްވެސް ފަސިންޖަރުން ތިބި ކަމަށެވެ. އަދި ބަސް ފުރޮޅައިލިއިރު ޑްރައިވަރު އިނީ ފޯނުން ވާހަކަދައްކަން ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ ކްރޭން ފަދަ ތަކެތި ބޭނުންކޮށްގެން ބަސް ކޯރުން ނަގަން މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން