ފިންލެންޑްގެ ރައީސް ނީނިސްޓޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ފިންލެންޑްގެ ރައީސް ނީނިސްޓޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފިންލެންޑްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ ޤައުމުގެ ރައީސް ސައުލީ ނީނިސްޓޯ އިންތިޚާބުވެވަޑައިގެންފިއެވެ.

ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއްވި ފިންލޭންޑްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނީނިސްޓޯއަށް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ %62.7 އެވެ. ނީނިސްޓޯއާ އެންމެ ގާތުން ވާދަކުރެއްވީ ގްރީން ލީގް ޕާޓީގެ ޕެއްކާ ހާވިސްޓޯއެވެ. ހާވިސްޓޯއަށް ލިބިވަޑައިގެންފައިވަނީ ވޯޓުލީ މީހުންގެ .4 އެވެ.

ފިންލޭންޑްގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ނީނިސްޓޯ ކާމިޔާބުކުރައްވާފައިވާއިރު، މީގެ ކުރިން، އެއްވެސް ކެންޑިޑޭޓަކަށް އެ ޤައުމުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބުކުރެއްވިފައެއް ނުވެއެވެ.

2012 ވަނަ އަހަރުގައި ބޭއްވި ފިންލޭންޑްގެ ރިޔާސީ އިންތިޚާބު ނީނިސްޓޯ ކާމިޔާބުކުރައްވާފައިވަނީ ނޭޝަނަލް ކޯލިޝަން ޕާޓީގެ ޓިކެޓްގައެވެ. އެހެން ނަމަވެސް، މި ފަހަރުގެ އިންތިޚާބުގައި ނީނިސްޓޯ ވާދަކުރެއްވީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި އަމިއްލަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ފިންލޭންޑްގެ ރިޔާސީ ދައުރުގެ މުއްދަތަކީ ހަ އަހަރު ދުވަހެވެ.

މިއަދު އޮންލައިން