ޕްރިންސް އަލްވަލީދު މިނިވަންވެވަޑައިގަތުމުން އެންމެ އުފާފުޅު ކުރެއްވީ ދަރިކަނބަލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޕްރިންސް އަލްވަލީދު މިނިވަންވެވަޑައިގަތުމުން އެންމެ އުފާފުޅު ކުރެއްވީ ދަރިކަނބަލުން
ސައުދިއަރަބިޔާގެ އެންމެ ބޮޑެތި މަހުޖަނުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރިންސް އަލްވަލީދު އިއްޔެ މިނިވަންވެވަޑައިގަތުމުން އެކަމާއިމެދު އެންމެ ބޮޑަށް އުފާފުޅު ކުރެއްވީ ދަރިކަނބަލުން ރީމް ބިންތި އަލްވަލީދުއެވެ.

އެކަމަނާ ވިދާޅުވީ ބައްޕާފުޅު ވަނީ މުޅި ދުނިޔެއަށް ވެސް އަލިކަން ގެނެސްދެއްވާފައި ކަމަށާއި ބައްޕާފުޅަކީ އެކަމަނާގެ ދުނިޔެ ކަމަށެވެ.



ޕްރިންސް އަލްވަލީދަކީ ޤައުމުން ބޭރުގައި އެންމެ ބޮޑަށް އިންވެސްޓް ކުރައްވައިގެން ހުންނެވި ސައުދީ އިންވެސްޓަރެވެ. ރާއްޖޭގައި ފަސްތަރީގެ ރިޒޯޓުތައް ހިންގާ ފޯރސީޒަންސް ކުންފުނީގައިވެސް އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޕްރިންސް އަލްވަލީދުގެ އެވެ.

ސައުދީ ޕްރޮސެކިޔުޓަރ ޖެނެރަލް މިއަދު ވިދާޅުވީ އަލްވަލީދު މިނިވަންކުރީ ފައިސާ ދައްކަވަން އެއްބަސްވެވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ވަނީ އެއީ ކިހައިވަރެއްކަން ހާމަކުރައްވަން ދެކޮޅު ހައްދަވައިފައެވެ.



ޕްރިންސް އަލްވަލީދު ވިދާޅުވެފައިވަނީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި ސަރުކާރަށް ދައްކަވަންޖެހިވަޑައިގަންނަވާނެ އެއްވެސް ފައިސާއެއް ނުއޮންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވާނަމަ ހަދިޔާއެއް ދެއްވައިފާނެ ކަމަށެވެ.
މިއަދު އޮންލައިން