ކުރިން ކައިވެންޏެއްކުރިކަން ފަޅާއެރުމުން އަނބިމީހާ އާއި ދަރިފުޅާ މައިދައިތަ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކުރިން ކައިވެންޏެއްކުރިކަން ފަޅާއެރުމުން އަނބިމީހާ އާއި ދަރިފުޅާ މައިދައިތަ މަރާލައިފި
ކުރިން ކައިވެންޏެއްކުރިކަން ފަޅާއެރުމުން 22 އަހަރުގެ އަނބިމީހާ އާއި 4 އަހަރުގެ ދަރިފުޅާއި 46 އަހަރުގެ މައިދައިތަ މަރާލައިފި އެވެ.

ހައިދަރު އާބާދުގެ އަވަށެއްގައި ހިންގި މިހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ އެގެއަށް ފުލުހުން ދިއައީ އެގެއިން ކުނިވަސް ދުވާކަމަށް އަވަށްޓެރިން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ. ގޮސްބެލިއިރު އަޕަރްނާ (އަނބިމީހާ) މަރާލާފައި އޮތީ ބަދިގެތެރޭގައި ކަމަށެވެ. އަޕަރްނާގެ މަންމަ އާއި ދަރިފުޅު މަރާލާފައި އޮތީ އެމީހުން ނިދާ އެނދުގައި ކަމަށެވެ.

ފުލުހުން ބުނީ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވެނީ އަޕަރްނާގެ ފިރިމީހާ ކަމަށާއި އޭނާ ފިލާފައިވާ ކަމަށެވެ.

ފުލުހުން ހޯދި މައުލުމާތުން އެނގިފައިވާ ގޮތުގައި ފިރިމީހާ ކުރިން ކައިވެންޏެއް ކުރިކަން ފަޅާއެރުމުން އަނބިމީހާ އާއި ވަނީ މައްސަލަތަކެއް ޖެހިފައެވެ. އެކަމުގެ ސަބަބުން އަޕަރްނާ ވަނީ ވަކިން ދިރިއުޅެން ފަށައިފައެވެ. އަދި ފުރަތަމަ އަނބިމިހާގެ މަންމަ އައީ އަޕަރްނާއަށް ބިރުދައްކަމުންނެވެ.
މިއަދު އޮންލައިން