ކެރަލާގެ މަލަޕުރަމް ޑިސްޓްރިކްޓްގައި އިމާމްވެ ހުކުރު ނަމާދުކުރަނީ އުމުރުން 34 އަހަރުގެ ޖަމިތާ ކިޔާ އަންހެނެކެވެ. އޭނާއަކީ އެ ސަރަހައްދުގެ ޤްރްއާން، ސުންނަތް ސޮސައިޓީގެ ޖެނެރަލް ސެކެޓްރީއެވެ. އޭނާ އެކަން ކުރަނީ އޮފީސް ހިންގާ އިމަރާތުގެ ހޯލުގައެވެ.
އޭނާ ބުނަނީ އަންހެނުންނަށް އިމާމްވެ ހުކުރު ނަމާދުކުރެވެންޖެހޭނެ ކަމަށާއި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން ރުޅިގަދަވެ ބައަކު ގެންދަނީ އޭނާއަށް މަރުގެ އިންޒާރުދެމުންނެވެ. އޭނާ ބުނަނީ ބިރު ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އޭނާ ހިންގާ ޖަމިއްޔާއަކީ އެޑަޕެލްގެ މަޝްހޫރު ދީނީ އިލްމުވެރިއެއްގެ މަދަދުގައި ހިންގާ ޖަމިއްޔާއެކެވެ.
މިއީ އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ދެއްކުމަށް ކުރާ ކަމެކެވެ. އިސްލާމް ދީނުގައި އަންހެނުންގެ ފަހަތުގައި ފިރިހެނުން ނަމާދުކުރުން ހުއްދަ ނޫން ނަމަވެސް އާމިނާ ވަދޫގެ ފަހަތުގައި މިހާރު ގިނަ އަދަދެއްގެ ފިރިހެނުންވެސް ހުކުރު ނަމާދުކުރެއެވެ.