އިންސާނުންގެ ބޮޑުކަމުދާ ތަކެތި، އެސްޓްރޮނައުޓުންގެ ކާނާއަށް ވެދާނެ.. !

ކިޔުމަށް ހޭދަވާނީ 1މ 6ސ
އިންސާނުންގެ ބޮޑުކަމުދާ ތަކެތި، އެސްޓްރޮނައުޓުންގެ  ކާނާއަށް ވެދާނެ.. !
ބޮޑެތި މިޝަންތަކަށް ޖައްވަށް ގޮސް، ޖައްވުގައި ގިނަ ދުވަސް ހޭދަ ކުރަންޖެހޭ އެސްޓްރޮނައުޓުންނަށް، އިންސާނުންގެ ބޮޑުކަމުދާ ތަކެތި ކާނާއަކަށް ހެދެމުގެ މަސައްކަތް ޕެން ސްޓޭޓުގެ ސައިންޓިސްޓުން ކުރަމުން އެބަދެއެވެ.

ފީޒް ޑޮޓް އޯގް އިން ބުނެފައިވާ ގޮތުގައި، މައިކްރޮބައަލް ރިއެކްޓާރސް ބޭނުން ކޮށްގެން ބޮޑުކަމުދާ ތަކެއްޗަކީ އިންސާނުންނަށް ކެވޭނެފަދަ ކާއެއްޗަކަށް ހެދޭނެ ކަމަށް، މިހާތަނަށް ސައިންޓިސްޓުން ހެދި އެކްސަޕެރިމެންޓުތަކުން ހާމަވެފައިވެއެވެ.

"މިއީ ކޮންމެވެސް ވަރަކަށް އާދަޔާ ޚިލާފު ކަމެއް، އެކަމަކު މިއީ މާމައިޓް ނުވަތަ ވެގެމައިޓް ކޮންސެޕްޓާއި އެއްގޮތް ގޮތެއް ހުންނަ ކޮންސެޕްޓެއް. މީގަ އެސްޓްރޮނައުޓުން ކާނީ 'މައިކްރޮބައިއަލް ގޫ' ކޮޅެއް" ޕެން ސްޓޭޓްގެ ޕްރޮފެސަރ އޮފް ޖިއޯސައިންސެސް ކްރިސްޓަފަރ ހައުސް ބުންޏެވެ.

ފީޒް ޑޮޓް އޯގް އިން ބުނެފައިވާ ގޮތުގައި އިންސާނުންގެ ބޮޑުކަމުދާ ތަކެތި، ދިގު މުއްދަތަކަށް ޖައްވަށްދާ އެސްޓްރަނައުޓުންގެ ކާނާ އެއްގެ ގޮތުގައި ހަމަޖައްސަން ގަސްތުކުރީ، ޖައްވަށްދާ އެސްޓްރަނައުޓުން ޖައްވުގައި އުޅާއިރު ކާނާ ބޭނުންވާނެތީ، ޖައްވަށް ކާނާ ފޮނުވުމަކީ ނުހަހު އަގުބޮޑު ކަމަކަށްވުމެވެ.
މިއަދު އޮންލައިން