ނިވާކަން ކުޑަ ހެދުމުގައި ޕްރައިވެޓް ވިލާއެއްގައި ނެށި 5 ފަތުރުވެރިން ކެމްބޯޑިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ލަވަކިޔައި ނިވާކަން ކުޑަ ހެދުމުގައި ނެށުމުގެ ކުށުގައި ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ އެ ޤައުމަށް ގޮސްތިބި ކެނެޑާ، ނޯވޭ، ނިޔުޒީލަންޑް އަދި ޑަޗް ބައެކެވެ.
އެމީހުން އެކަންތައްތައް ކުރީ އެކަހެރި ސަރަހައްދެއްގައި ކުއްޔަށް ހިފައިގެން ތިބި ޕްރައިވެޓް ވިލާއެއްގައެވެ. އެމީހުން ގެންދަނީ އެކަން ނުކުރާ ކަމަށްވެސް ބުނަމުންނެވެ.
ސައްތައިންސައްތަ މުސްލިމް ދިވެހިރާއްޖޭގައި ނިޔުއިޔަރ ފާހަގަކުރަން މާލޭ އަލިމަސް ކާނިވަލުގައި ޢާންމުންނަށް ދައްކައިގެން ބޭއްވި މިޔުޒިކްޝޯގައި މިފަދަ އަމަލުތައް ކުރުމުން އެޅި ފިޔަވަޅެއް އަދި އެނގޭކަށް ނެތްއިރު މަންޒަރުތައް ލައިވްކުރި މައްސަލަ ސަލަފުން ވަނީ ބްރޯޑްކޮމް ހުށަވެސް އަޅައިފައެވެ.