ރިޒް ކާލްޓަން ހޮޓަލުން ބިލިއަނަރުންތައް ހުސްކޮށްފި- ފައިސާ ދޭން އެއްބަސް ނުވި މީހުން ގެންދިއަ ތަނެއް ނޭނގެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރިޒް ކާލްޓަން ހޮޓަލުން ބިލިއަނަރުންތައް ހުސްކޮށްފި- ފައިސާ ދޭން އެއްބަސް ނުވި މީހުން ގެންދިއަ ތަނެއް ނޭނގެ
ސައުދީ ސަރުކާރުން ކޮރަޕްޝަން މައްސަލަތަކާއި ގުޅުވައިގެން ތުހުމަތުތައްކޮށް ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކުރި ބިލިއަނަރުންތައް ހޮޓަލުން ނެރެ ތަން ހުސްކޮށްފިއެވެ. ނަމަވެސް ފައިސާ ދޭން އެއްބަސް ނުވި މީހުންގެންދިއަތަނެއް އަދި ނޭނެގެ އެވެ.

ނަން ހާމަނުކުރަން އެދި މައުލޫމާތުދިން ސަރުކާރުގެ އޮފިޝަލަކު ބުނީ އެ ހޮޓަލުގައި އެއްވެސް ބިލިއަނަރަކު ބަންދުކޮށްފައި ނެތްކަން ޔަޤީންކުރެވޭ ކަމަށެވެ.

މިދިއަ ހަފްތާގައި ބުނެފައިވަނީ ފައިސާ ދައްކަން ޝަރުޠުކޮށް 90 މީހަކު މިނިވަންކޮށްފައިވާ ކަމަށާއި ބަންދުގައި 95 މީހަކު ތިބި ކަމަށެވެ. އަދި ބައެއް މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

ބަންދުކުރި މީހުންގެތެރެއިން ޕްރިންސް އަލްވަލީދާއި ވަލީދް އަލް އިބްރާހީމްގެ މައްޗަށް ސާބިތުކުރެވުނު އެއްވެސް ކުށެއް އަދި އެނގިފައެއް ނުވެއެވެ. ދެ ބިލިއަނަރުންވެސް ބުނެފައިވަނީ އެމީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ނުކުރެވޭ ކަމަށެވެ. ސަރުކާރުން 2 ބިލިއަނަރުންގެ ބަސް ދޮގުކުރެއެވެ. ނަމަވެސް އެއްވެސް އިތުރު މައުލޫމާތެއް ނުދެއެވެ.
މިއަދު އޮންލައިން