ސައުދިއަރަބިޔާގައި އިންތިހާއަށް ވަރި ގިނަވުމުން ވަރިވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމެއްގެ ގޮތުގައި މުޖުތަމައުން ބަލައިގެންފިއެވެ.
ނަތީޖާއެއްގެ ގޮތުން ވަރިވުމުން އަންހެން މީހާގެ އަބުރު ގެއްލުނީ ކަމަށް ކުރިން ދެކެމުން އައި ދުށުން މިހާރު ވަނީ ބަދަލުވެފައެވެ. މިހާރު ދެކެނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން ދެވަނަ ކައިވެންޏަކަށްވެސް ދަނީ ފުރުޞަތު އިތުރުވަމުންނެވެ.
ވަރިވުމަށް އެދި ކޯޓަށް މައްސަލަތައް ހުށަހަޅަނީ އަންހެނުންނެވެ. ފިރިހެނުން ބޭނުންވުމުން ވަރިކޮށްލާފައި ދަނީއެވެ. ކޯޓަށް ދާކަށް ނުޖެހެއެވެ.
ކޯޓަށް ހުށަހަޅާ ވަރީގެ މައްސަލައެއް ކާމިޔާބުކުރެވިއްޖެނަމަ އެކަން ދެކެނީ ލިބޭ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އެކަން ފާހަގަކުރުމަށް ދަނީ ބޮޑެތި ހަފްލާތައްވެސް ބާއްވަމުންނެވެ.
މާތްﷲ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ނުރުއްސަވާ އަމަލަކީ ވަރިއެވެ. ނަމަވެސް ނިޞްބަތުން ވަރި އެންމެ ގިނައީ 100 އިންސައްތަ އިސްލާމް ދިވެހިރާއްޖޭގަ އާއި ސައުދިއަރަބިޔާގައެވެ.