ޖަލު ތަޖުރިބާކޮށްލަން ބޭނުންވާ މީހަކު 10 އަހަރުގެ ކުއްޖަކު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޖަލު ތަޖުރިބާކޮށްލަން ބޭނުންވާ މީހަކު 10 އަހަރުގެ ކުއްޖަކު މަރާލައިފި
އިންޑިއާގެ 10 އަހަރުގެ ކުއްޖަކު މަރައިލި މީހަކު ތަޙްޤީޤްގައި ބުނީ އޭނާ އެކަން ކުރީ ޖަލުގެ ޤައިދީން ކުރާ ތަޖުރިބާތައް ތަޖުރިބާކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

އިންޑިއާގެ ބިހާރު ސްޓޭޓުގެ އަވަށެއްގައި ދިރިއުޅޭ މީހަކު އަވަށުގެ 10 އަހަރުގެ ކުއްޖަކު ގޮވައިގެން އަވަށުން ބޭރަށް ގޮސް ވަޅިހަރައި ވަނީ އެ ކުއްޖާ މަރާލައިފައެވެ. ކުއްޖާ ނުފެނިގެން ހޯދާތާ އެއް ދުވަސް ފަހުން ކުއްޖާގެ ހަށިގަނޑު ފެނުނީ ފެންގަނޑެއްގެތެރެއިންނެވެ.

ޢާއިލާއިން ދިން މައުލޫމާތުގެ މައްޗަށް ބުރަވެ އެކަން ކުރިމީހާ ހައްޔަރުކޮށް ފުލުހުން ސުވާލުކުރުމުން އޭނާ ބުނީ އިންޑިއާގެ ވަރަށް ގިނަ ތަންތަނަށް ގޮސް ތަޖުރިބާ ކޮށްފިން ކަމަށާއި ނުދެވި އޮތީ ޖަލަށް ކަމަށްވުމުން އެކަންކުރީ ޖަލުގެ ޤައިދީން ކުރާ ތަޖުރިބާތައް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޖަލުގެ ކަންކަން ތަޖުރިބާކުރަން ބޭނުން މީހުން ތިބުމުން ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ވަނީ ފަތުރުވެރިންގެ ގޮތުގައި ޖަލަށް ގޮސް ދުވަސްތައް ހޭދަކުރުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އެގޮތުން ތަލަންގާ ސްޓޭޓްގައި ފުރުޞަތުދެނީ އުމުރަށް ޖަލަށްލާފައި ތިބޭ ޤައިދީންގެ ގޮޅިތަކުގައި ތިބުމަށެވެ.
މިއަދު އޮންލައިން