އިމާރާތަކުން މީހަކު ވެއްޓުމުން ފިރިހެނުން ކުޅިބަލައި ވީޑިއޯ ކުރީ- ސަލާމަތްކުރީ އަންހެނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިމާރާތަކުން މީހަކު ވެއްޓުމުން ފިރިހެނުން ކުޅިބަލައި ވީޑިއޯ ކުރީ- ސަލާމަތްކުރީ އަންހެނެއް!
އިންޑިއާގެ ކޯޗީގެ އެންެމެ ގިނަ މީހުން އެއްވެ އުޅޭ ސަރަހައްދެއްގެ އިމާރާތެއްގެ 3 ވަނަ ބުރިން މީހަކު ވެއްޓުމުން ެއެއްވެސް މީހަކު އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތެއް ނުކުރެއެވެ. އެންމެން ވެސް ތިބީ ކުޅިބަލައި ވީޑިއޯ ކުރުމަށެވެ.

އަންހެން ދަރިފުޅު ގޮވައިގެން ކައިވެނީގެ ހަފްލާއަކަށް ދާންދިއަ ރަންޖިނީއަށް މަންޒަރު ފެނުމުން ކެތެއް ނުކުރެވުނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްބިޔުލާންސަށް ގުޅުމުން ބުނީ ވަރަށް ބިޒީ ކަމަށާއި ހޮސްޕިޓަލަށް ގެންގޮސްފިނަމަ ފަރުވާދޭނެ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދަން އޮޓޯއެއް ހޯދަން އުޅެއުޅެ އެކަން ކޮށްދޭނެ އޮޓޯއެއް ނުލިބުމުން ދެން އާދޭސްކުރަން ފެށީ ކާރުތަކަށެވެ. އެގޮތަށް ކާރުތަކަށް އާދޭސްކުރަމުން ދަނިކޮށް މަގުން ދިއަ ކާރެއްގައި ތިބި ދެމަފިރިން ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެދީފައެވެ. އަދި މިހާރު އަންނަނީ އޭނާގެ ހާލު ރަނގަޅުވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދިފަހުން ވިދާޅުވީ އަންހެނުންނަކީ 10 ފިރިހެނުންނަށްވުރެ ބާރު ގަދަ ބައެއް ކަމަށެވެ. ރަންޖިނީގެ މަސައްކަތާއި އަދި ޚިދުމަތާއި މޯދީގެ ވާހަކަފުޅާއި ގިނަ ބައަކު ދަނީ ގުޅުވަމުންނެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން