ޔަހޫދީ ހަރުކަށި ގުންޑާތަކެއް ވައްދުވައި މަސްޖިދުލްއަޤްޞާއަށް ގެއްލުންތަކެއް ދީފިއެވެ. މިއަދު ހެނދުނު މިމީހުން ވެއްދީ މަޣްރިބާ ދޮރޯށިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމީހުން ވައްދުވައި ގެއްލުންތައް ދިންއިރު އެމީހުންގެ ހިމާޔަތުގައި ގިނަ އަދަދެއްގެ ޔަހޫދީ ޕްރޮޓެކްޝަން ފޯސްގެ ސިފައިން ތިއްބެވެ.
މަސްޖިދުލްއަޤްޞާއަށް މިއަދު ދިން ގެއްލުންތަކުގެ ތަފްޞީލެއް އަދި ނުލިބެއެވެ.