ޔޫރޮލޮޖިސްޓަކު ފްލައިޓްމަތީގަ ގައިނޮކޮލިސްޓަކަށްވެ ކުއްޖަކު ވިއްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޔޫރޮލޮޖިސްޓަކު ފްލައިޓްމަތީގަ ގައިނޮކޮލިސްޓަކަށްވެ ކުއްޖަކު ވިއްސައިފި
ޕެރިހުން ނިޔުޔޯކަށް ދަތުރުކުރި ޓްރާންސް އެޓްލާންޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނަކު ފްލައިޓު މަތީގައި ބަނޑުގައި ރިއްސައި ވިހަންޖެހުމުން ފްލައިޓުގައި އިން ޔޫރޮލޮޖިސްޓް ޑޮކްޓަރަކު ކުއްޖާ ވިއްސައިފިއެވެ.

ޑރ. ސިޖް ހެމާލް ބުނީ އަންހެނަކު ކުއްލިއަކަށް ބަނޑުގައި ރިއްސައި ވިހަން އުޅޭކަން އެނގުމުން އޭނާއަކީ ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރެއްކަން ހަނދާންވީ ލޯބިލޯބި ފިރިހެން ކުއްޖާ ވިއްސައި ހުރިހާ ކަމެއް ނިމުމުން ކަމަށެވެ.

"އަހަރެން އެއިރު އުޅުނީ ކުޑަ ބުއިމެއް ބޯލައިގެން ނިދަން. ކުއްލިއަކަށް އިވުނީ އަންހަނަކު ބަނޑުގަ ރިއްސާ ވާހަކަ. ދެން އަވަހަށް ދުވެ ދިއައީ ޕޭޝަންޓް ކައިރިއަށް."

ކަންދިމާވިގޮތުން ފްލައިޓުގައި ފްރާންސުގެ ކުޑަކުދިންގެ ޑޮކްޓަރަކު ވެސް އިނުމާއިއެކު 2 ޑޮކްޓަރުން ވެގެން ވަނީ ވިއްސުން ވަރަށް ކާމިޔާބުކޮށްފައެވެ.

އަންހެން މީހާ ވިހާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެއް ހަފްތާ ކުރިންނެވެ.
މިއަދު އޮންލައިން