ޢާއިލީ މަހުޖަނެއްގެ ދަރިފުޅު ވަގަށް ނަގައި 1 ކުރޯޑް ރުޕީސްއަށް އެދެމުންދަނިކޮށް ފުލުހުން ކުއްޖާ ސަލާމަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ޢާއިލީ މަހުޖަނެއްގެ ދަރިފުޅު ވަގަށް ނަގައި 1 ކުރޯޑް ރުޕީސްއަށް އެދެމުންދަނިކޮށް ފުލުހުން ކުއްޖާ ސަލާމަތްކޮށްފި
ޢާއިލީ މަހުޖަނެއްގެ 12 އަހަރުގެ ދަރިފުޅު ވަގަށް ނަގައި 1 ކުރޯޑް ރުޕީސްއަށް އެދެމުންދަނިކޮށް ފުލުހުން ކުއްޖާ ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ ކުއްޖާ ވަގަށް ނެގީ ސްކޫލަށް ދަނިކޮށް ކަމަށާއި ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވީ ކުއްޖާގެ ބައްޕަގެ ފެކްޓްރީގައި މަސައްކަތްކުރާ 2 މީހަކު ކަމަށެވެ. ނަމަވެސް ރޭވުމުގެ އަޑީގައި ހުރީ މަހުޖަނަށް ބޮޑުބޭބެކިޔާ މީހަކު ކަމަށެވެ.

ފުލުހުން މިހާރުވަނީ ކުއްޖާ ސަލާމަތްކޮށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ދެމީހުން ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން