މަންމަ އާއި މަންމަގެ ލޯބިވެރިޔާއަށް މަގުފަހިކުރަން ނުކުޅެދުންތެރި ދަރިފުޅު މަރާލުމުން 2 މީހުން މަރަން ކުވައިތުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
ފުލުހުން ބުނީ ދަރިފުޅު ގޭގެމަތީ ބުރިން ވެއްޓި މަރުވެއްޖެކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ދިއައިރު ކުއްޖާއަށް އިތުރު ޒަޚަމްތަކެއް ލިބިފައިވާކަމަށް ގާހަގަކުރެވުމުން ކަމަށާއި ކަމުގެ ތަޖުރިބާކާރުން ގެނެސް ބެލިއިރު ހަށިގަނޑުގެ އެތައް މިތަނުގައި އަނިޔާ ކުރިކަމުގެ ފާހަގަކަތައް ހުރި ކަމަށެވެ. އަދި ކަނާއަތުގައި ހޫނު އެއްޗެއް ޖެއްސުމުން ފިހިފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށެވެ.
މިކަމާއި ގުޅިގެން މަންމަ ހައްޔަރުކުރުމުން ފުރަތަމަ ދޮގުހެދި ކަމަށާއި ނަމަވެސް ފަހުން ކުށަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަޔާނުން ލިބުނު ކުރިއެރުންތަކާއިއެކު ލޯބިވެރިޔާ ހާޒިރުކޮށް ކުރި ތަޙްޤީޤުން އެނގުނު ގޮތުގައި ދެމީހުން ވެސް އެ ކުއްޖާއަށް އަނިޔާކޮށްފައިވާކަން ސާބިތުކުރެވިފައިވާ ކަމަށެވެ.
ފިރިހެން މީހާގެ ބަޔާނުން އެނގުނު ގޮތުގައި ކުއްޖާއަށް ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާކޮށްފައި ކަމަށާއި އެކަން ކުރީ ދެމީހުންގެ ލޯބީގެމަގު ފަސޭހަކުރުމަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.