އިންޑިއާގެ މިއަހަރުގެ ބަޖެޓް ފަޤީރުން ހެއްވާލައިފިއެވެ. އުންމީދުކޮށްތިބި ވަރަށްވުރެވެސް މާގިނަ ކަންތައްތައް ކޮށްދޭނެ ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެންނެވެ.
އަންހެންވެރިންނަށް ކައްކަން ފަސޭހަކޮށްދޭން 80 މިލިއަން ގޭބިސީތަކަށް ހިލޭ ގޭސްގުޅައިދޭނެއެވެ. ފަޤީރުންގެ 40 މިލިއަން ޢާއިލާތަކަށް ހިލޭ ކަރަންޓް ފޯރުކޮށްދޭނެއެވެ. 5 މިލިއަން ގެ އަޅައިދޭނެއެވެ.
މީގެ އިތުރުން 100 މިލިއަން ޢާއިލާތަކަށް 500،000 އާއި 750،000 ރުޕީސް އާއި ދެމެދުގެ އަދަދުތަކުން ހިލޭ ބޭސްފަރުވާ ކުރެވޭނެއެވެ. މީގެ އިތުރުން ވެސް ފަޤީރުންނަށްޓަކައި ވަނީ ވަރަށް ގިނަ ކަންތައްތަކެއް ބަޖެޓުގައި ހިމަނައިފައެވެ.
އިދިކޮޅު މެންބަރުން ބުނަނީ މިއީ އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބު ކާމިޔާބުކުރުމަށް ކޮށްދޭން ހުށަހަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.
ސަރުކާރުގެ މެންބަރުން ބުނަނީ ވެރިކަމަށް އައީ ފަޤީރުންނަށް ޚިދުމަތް ކުރަން ކަމަށާއި ފަޤީރުންނަށް ދޭ އެހީތެރިކަން އަދިވެސް ކުރާނީ އިތުރު ކަމަށެވެ.