އުރީދޫ ސުޕަރނެޓް ޚިޔާރު ކުރެއްވުމުން އަހަރު ދުވަހުގެ މުއްދަތަށް މަހު ފީއިން 30 ޕަސަންޓު ޑިސްކައުންޓް

ކިޔުމަށް ހޭދަވާނީ 1މ 5ސ
އުރީދޫ ސުޕަރނެޓް ޚިޔާރު ކުރެއްވުމުން އަހަރު ދުވަހުގެ މުއްދަތަށް މަހު ފީއިން 30 ޕަސަންޓު ޑިސްކައުންޓް
އުރީދޫގެ ސުޕަރނެޓް އަލަށް ޚިޔާރު ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް އިއްޔެ ފަށައިފިއެވެ.

"މިއަދުގެ ދުނިޔޭގައި، ކާމިޔާބީއާއި ހަމައަށް ވާސިލްވުމަށް އިނޓަރނެޓްގެ ދައުރުވަނީ ވަރަށް މުހިންމުވެފައި، އަދި މިފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށްވެސް ހައްޤުވެގެންވޭ. އުރީދޫގެ އަމާޒަކީ އެއްދުވަހުން އަނެއްދުވަހަށް ނެޓްވަރކް ވަރުގަދަކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށާއި ގެތަކަށާއި، ވިޔަފާރިތަކާއި ހަމައަށް ވާސިލުވުން. މިގޮތުން އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަހަންމިއްޔަތުކަން ދޭކަމެއްކަމުން، އަޅުގަނޑުމެންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މިތަޢާރަފް ކުރެވިގެންދަނީ ވަރަށް ހިތްގައިމު ޕްރޮމޯޝަނެއް" އުރީދޫ ގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކަށް ވެސް ހެޔޮއަގުގައި ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ދަށުން، ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ އެކްޓީވޭޝަން ފީ އަކާއި ނުލާކަމަށް އުރީދޫ އިން މައުލޫމާތު ދީފައިވެއެވެ.

ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޮއްދެވުމަށް www.ooredoo.mv/supernet އަށް ޒިޔާރަތް ކުރަށްވާށެވެ.

މިއަދު އޮންލައިން