އަހަރެންގެ ބޭންކް 2 ވަނަ ދުވަސް : ބޭންކް އޮފް މޯލްޑިވްސް ބާސްކެޓްބޯލް ކޯޓު ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
އަހަރެންގެ ބޭންކް 2 ވަނަ ދުވަސް : ބޭންކް އޮފް މޯލްޑިވްސް ބާސްކެޓްބޯލް ކޯޓު ހުޅުވައިފި


ބާސްކެޓްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން ތަމްރީނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއިމޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކުވެފައިވާ އެކްސްކުލޫސިވްޕާރޓްނަރޝިޕްއެއްބަސްވުމުގެ ދަށުން ގާއިމްކުރެވުނު ބާސްކެޓްބޯޅަ ކޯޓް ހުޅުވައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ އިއްޔެ ބޭއްވި ރަސްމިައްޔާތެއްގައި ބޭންކް އޮފްމޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ. އެކުވެނި އައުޓްޑޯރ ސަރަހައްދުގައި ގާއިމްކުރެވުނު މި ބާސްކެޓްބޯލް ކޯޓު ހުޅުވުމަށްފަހު، ފުރަތަމަ އަށް އެ ކޯޓުގައި ބޭއްވުނީ 13 އަހަރުން ދަށުގެ ގައުމީ ސްކޮޑްއާއި 16 އަހަރުން ދަށުގެ ގައުމީ ސްކޮޑްގެ ތަމްރީންތަކެވެ.ސީއީއޯ އެންޑްރޫ ހީލީ އަދި ބީއެމްއެލް އިސް ބައެއް ބޭފުޅުންގެ އިތުރުން އެމްބީއޭ ގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ މި ތަމްރީންތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިދިޔަ އަހަރު ބީއެމްއެލް އާއި އެމްބީއޭ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބާސްކެޓްބޯލ އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވުމުގެ އިތުރުން ބާސްކެޓްބޯޅަ އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 1,000 ކުޅުންތެރިން ތަމްރީންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން