ކޮރަޕްޝަން މައްސަލަތަކުގަ ފިޔަވަޅު އެޅުމުން ނަވާޒް ޝަރީފް ދެކެނީ ސަރުކާރު ހުއްޓުވަނީ ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮރަޕްޝަން މައްސަލަތަކުގަ ފިޔަވަޅު އެޅުމުން ނަވާޒް ޝަރީފް ދެކެނީ ސަރުކާރު ހުއްޓުވަނީ ކަމަށް!
ކޮރަޕްޝަން މައްސލަތަކުގަ ފިޔަވަޅު އެޅުމުން ނަވާޒް ޝަރީފް ދެކެނީ ކޯޓުތަކުން ސަރުކާރު ހުއްޓުވަނީ ކަމަށެވެ. ނަވާޒް ޝަރީފް ގެންދަނީ ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލަށާއި ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން ޕާކިސްތާނުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ނަވާޒް ޝަރީފް އާއިމެދު ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ކޯޓުން ހުކުމެއް އަދި ނުކުރާއިރު ވެސް ކޯޓުތައް ދެކެ އެހައި ވަރަށް ނަވާޒް ޝަރީފް ރުޅިގަދަވަނީ ކޮރަޕްޓްވެފައި ހުރި ވަރުން ކަމަށެވެ.

"ކޮރަޕްޓް މީހުންނަށް ކޯޓުތަކެއް ކަމަކު ނުދާނެ. އެމީހުންގެ މައްސަލަތައް ބަލައިގެންވެސް ކަމަކު ނުދާނެ. އެއީ އެކަން ހުރިހާ އިރެއްގައިވެސް ވަމުން އަންނަ ގޮތް."

ނަވާޒް ޝަރީފާއި އޭނާގެ ޢާއިލާއަށް ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވީ ސަރުކާރަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނުއަޅައި ދިގު މުއްދަތެއް ފާއިތުވުމުންނެވެ. އެހެންކަމާއިއެކުވެސް ނަވާޒް ޝަރީފަށް ކަމުނުދަނީ އެމައްސަލަތައް ބެލުން ކަމަށްވެސް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ޕާކިސްތާނަކީ އިދިކޮޅު ފަރާތްތަކުގެ ބާރު ފުރިހަމައަށް އޮންނަ ޤައުމަކަށްވާތީ މައްސަލަތައް ބެލުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނަވާޒް ޝަރީފަށް މިހާރު ފެންނާކަށް ނެތެވެ.
މިއަދު އޮންލައިން