ލީބިއާ ކައިރިން ބޯޓެއް ފެތި 90 މީހުން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
ލީބިއާ ކައިރިން ބޯޓެއް ފެތި 90 މީހުން މަރުވެއްޖެ
ރެފިއުޖީންތަކެއް އަރައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް، ލީބިއާ ކައިރިން ފެތި، 90 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ.ގެ މައިގްރޭޝަން އޭޖެންސީން ބުނެފިއެވެ.

އެ އެޖެންސީން ބުނެފައިވަނީ ގާތްގަނޑަކަށް 100 އެެއްހާ މީހުން ފެތިގެން ގޮސްފައިވާކަމަށާއި ބައެއް މީހުންގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާކަމަށެވެ. މަރުވި މީހުންގެ ސީދާ އަދަދު ބުނަން ދަތި ނަމަވެސް 90 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށެވެ.

ހުޅަނގު ލީބިއާ ސަރަހައްދުގައި ހަކަރާތްތެރިވަމުން އަންނަ ސެކިއުރިޓީ އޮފިޝަލުން މީޑިއާތަކަށް ރިޕޯޓްކޮށްފައިވަނީ މި ހާދިސާގައި ސަލާމަތްވީ އެންމެ ތިން މީހުން ކަމަށެވެ. އެއީ ޕާކިސްތާން މީހަކާއި ލީބިއާ ދެ މީހުންކަމަށެވެ.

ކަނޑު މަގުން ދެކުނު ޔޫރަޕަށް ހިޖުރާ ކުރާ ރެފިއުޖީން އާންމުކޮށް ފުރަނީ ހުޅަނގު ލީބިއާގައި އޮންނަ ޒުރަވާ އަވަށުންނެވެ. ކަނޑު މަގުން ޔޫރަޕަށް އެތެރެވަމުން އަންނަ މީހުން މަދުކުރުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ލީބިއާގެ ކޯސްޓްގާޑާއެކު އެއްބަސްވުންތަކެއްގައި ސޮއި ވެސް ކޮށްފައެވެ.

މިއަދު އޮންލައިން