ކެރަލާ ޕާލަމެންޓް ރައީސްގެ ލޮލުގަ ރައްޔިތުންގެ ފައިސާއިން 49،500 ރުޕީސްގެ އައިނެއް އަޅަން އުޅޭ މައްސަލަ ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ކެރަލާ ޕާލަމެންޓް ރައީސްގެ ލޮލުގަ ރައްޔިތުންގެ ފައިސާއިން 49،500 ރުޕީސްގެ އައިނެއް އަޅަން އުޅޭ މައްސަލަ ހޫނުވެއްޖެ
އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޕާލަމެންޓް ރައީސްގެ ލޮލުގަ ރައްޔިތުންގެ ފައިސާއިން 49،500 ރުޕީސްގެ އައިނެއް އަޅަން އުޅޭ މައްސަލަ ހޫނުވެއްޖެއެވެ. މައްސަލަ ހޫނުވީ އަމިއްލައަށް އައިނު ހެދުމަށްފަހު ފައިސާ ހޯދަން ބިލް ހުށަހެޅުމުންނެވެ.

މިކަމާއި ގުޅިގެން މިހާރު ވަނީ ސަރުކާރަށް މައްސަލަ ހުށަހަޅައިފައެވެ. މައްސަލައިގެ ޝަކުވާގައި ބުނެފައިވަނީ ފަޤީރުންނަށް އެމީހުންގެ އަސާސީ ހައްޤުތައް ފޯރުކޮށް ނުދެވޭއިރު ބައިލައްކަ ރުޕީސްގެ އައިނެއް ރައްޔިތުންގެ ފައިސާ އިން ދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

ސްޕީކަރުގެ އޮފީހުން ބުނެފައިވަނީ އެއީ އާދައިގެ އައިނެއް ނޫން ކަމަށާއި ޚާއްޞަ ކަންތައްތަކެއް ހުރި އައިނެއް ކަމަށެވެ. މިހާލަތުގައި ސިޔާސީ ގޮތުން ގިނަ މައްސަލަތަކެއް އުފެދިގެންދާނެއެވެ.
މިއަދު އޮންލައިން